އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށްފަހު ރޭ މާލެ ވަޑައިގެންފި އެވެ.
އިންތިހާބީ ރައީސް ޑރ.މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެދަތުރުފުޅު ނިންމާލުމަށްފަހު މާލެ ވަޑައިގެންފައިވަނީ ރޭގެ ވަގުތެއްގަ އެވެ.
އިންތިހާބު ވުމަށްފަހު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ޑރ. މުއިއްޒު ސިންގަޕޫރަށް ވަޑައިގެންނެވީ އާއިލާއެކު އެވެ.
ޑރ. މުއިއްޒު ރާއްޖޭގެ އަށްވަނަ ރައީސުލްހުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ މަހު 17 ވަނަ ދުވަހުގެ ހަވީރު، ޖުމްހޫރީ މައިދާނުގަ އެވެ.
ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އާރިފް ހަމަޖައްސައިފި
ފިޗުން ބީއެމްއެލްއަށް ކްރެޑިޓް ރޭޓިން ދީފި
ބޮލީވުޑްއާއި ޓޮލީވުޑް ވަކި ކުރަން ރާމް ޗަރަން ބޭނުމެއް ނުވޭ!