ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ ކޮއްކޯފުޅު އިބްރާހިމް ޒިޔާއު މުހައްމަދު އައްޔަންކޮށްފި އެވެ.
ޓީވީއެމްގެ އެކި ޕްރޮގްރާމްތަކުން މަޝްހޫރުކަން ހޯއްދެވި ޒިޔާއު މިހާތަނަށް މަސައްކަތް ކުރައްވަމުން ގެންދެވީ ބީސީސީގެ ހެޑް އޮފް އައުޓް ރީޗްގެ މަގާމުގަ އެވެ.
ޒިޔާރު ފުރަތަމަ ވަޒީފާއަށް ނުކުންނެވީ ސިއްހީ ދާއިރާއިންނެވެ. ޕްރައިމަރީ ހެލްތް ކެއާ ކިޔެވުމަށްފަހު ފަރެސްމާތޮޑާ ސިއްހީ މަރުކަޒު ހިންގުމާއި ހަވާލުވީ އުމުރުން 18 އަހަރުގަ އެވެ.
ސަރުކާރު ހިއްސާވާ 32 ކުންފުނީގެ ތެރެއިން ގިނަ ކުންފުނިތަކަކަށް އާ ސަރުކާރުން މިހާރު ވަނީ ވެރިން ހަމަޖައްސާފަ އެވެ. އެގޮތުން މިއަދު ވަނީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ވެސް ބޭފުޅަކު ހަމަޖައްސާފަ އެވެ. އެ މަގާމަށް އައްޔަންކުރީ ފާތިމަތު ތައުފީގު (ކުޑީ) އެވެ.
ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އާރިފް ހަމަޖައްސައިފި
އިއްޔެގެ އިންތިހާބުން މޮޅުވީ ޕީއެންސީ ކަމަށް އެ ޕާޓީން ބުނެފި
މިފްކޯއިން މަސް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި