ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު އަށް މަރުގެ އިންޒާރު ދިން މައްސަލަ މަޖިލިހުގެ އިދާރާ އިން ކުށްވެރިކޮށްފި އެވެ.
މަޖިލިހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޝިފާއު އަށް މަރުގެ އިންޒާރު ދިނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
މެންބަރު ޝިފާއު އަށް އެކްސް މެދުވެރިކޮށް މަރުގެ އިންޒާރެއް ދިނީ މި ވަގުތަށް އޮތް އެންމެ މުހިންމު މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން އަޒުލުކުރުން ކަމަށާއި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް އެކަން ހުށަހެޅުއްވާނެ ކަމަށް މަޖިލީހުގައި އިއްޔެ ހެނދުނު ވިދާޅުވެފައި ވަނިކޮށެވެ.
މި މައްސަލަ އާއި ގުޅިގެން އެމްޑީޕީ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލަ ތަހުގީގުކޮށް ދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ޝިފާއުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ދިފާއީ ވުޒާރާގައި ދަންނަވާފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ އިދިކޮޅު ޕާޓީއަކުން ކުރާނެ އެންމެ މާތް އެއް ޒިންމާއަކީ ސަރުކާރު ޖަވާބުދާރީކުރުވުން ކަމުގައިވީ ހިނދު, އެ ދުސްތޫރީ ޒިންމާ އަދާކުރުމުން މަރުގެ އިންޒާރުދީ އެފަދަ ލާއިންސާނީ ކުށެއްގެ ޝިކާރައަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެގެން ދިއުމަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ނުހަނު ކަންބޮޑުވާކަމެކެވެ." ބަޔާނުގައިވެ އެވެ.
މަޖިލީހުގެ މެމްބަރުންނަކީ އެމެމްބަރުންނަށް ގާނޫނީ ގޮތުން ލިބިދޭ ހާއްސަ އިމްތިޔާޒުތަކުގެ ތެރެއިން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ބަޔަކަށްވާތީ، މަޖިލީހުގެ އެންމެހާ މެމްބަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަލާމަތީ ހިދުމަތްތަކަށް އެމްޑީޕީން ގޮވާލާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ސެލްފީ ނެގުން "ކޫލް" ނުވެދާނެ!
އިއްޔެގެ އިންތިހާބުން މޮޅުވީ ޕީއެންސީ ކަމަށް އެ ޕާޓީން ބުނެފި
އެކްޓަރު ޖޭމްސް ހޭންޑީ މަރާލާފައި އޮއްވާ ފެނިއްޖެ
