އަރިއަތޮޅު ރިސޯޓެއްގައި ސްނޯކްލިން އަށް ދިޔަ ޓޫރިސްޓެއް ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ، އަރިއަތޮޅު ރިސޯޓެއްގައި ސްނޯކަލްކުރަން އުޅުނު ފަތުރުވެރިއަކު ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ލިބުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުން އެ ފަތުރުވެރިއާ ހޯދުމަށްޓަކައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ވަނީ ފަށައިފަ އެވެ.
ގެއްލިގެން އުޅެނީ ކޮން ގައުމެއްގެ ޓޫރިސްޓެއް ކަމެއް އެމްއެންޑީއެފުން ނުބުނެ އެވެ. އަދި އެއީ ކޮން ރިސޯޓަކުން ގެއްލުނު ޓޫރިސްޓެއް ކަމެއް ވެސް އެމްއެންޑީއެފުން ނުބުނެ އެވެ.
ސަޕޯޓަރުންގެ ކަންބޮޑުވުންތަކަށް އަމީތާބު ރައްދު ދީފި
ގައްޒާގައި 3،958 މާބަނޑު އަންހެނުން ބައިގެންދިޔަ
މައުލޫމާތު ލީކްކުރާ މުވައްޒަފުން ވަކިކުރާނަން: ޕެންޝަން އޮފީސް