ވެރިފަރާތުގެ ސިޓީއެއް ހުށަހެޅުމުން، އެ ސިޓީގައި ފާހަގަކުރާ މީހާ އަށް އައިޑީކާޑު ދޫކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ބުނީ އާއްމުންނަށް ވީހާ ވެސް ފަސޭހައިން އައިޑީކާޑު ނެގޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށެވެ.
އެގޮތުން ވެރިފަރާތުގެ ސިޓީއެއް ހުށަހެޅުމުން އަންނަ އާދިއްތަ ދުވަހުން ފެށިގެން، އެ ސިޓީގައި ބުނެފައިވާ ފަރާތަށް ކާޑު ދޫކުރަން ފަށާނެ ކަމަށް އިއުލާންގައިވެ އެވެ.
މިގޮތަށް ކާޑު ދޫކުރެވުނު ނަމަވެސް ކާޑާއި ހަވާލުވުމަށްފަހު ވެރިފަރާތަށް ކާޑު ނުލިބިގެން އެ ޑިޕާޓްމަންޓަށް ޝަކުވާއެއް ހުށަހަޅައިފިނަމަ އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅޭނެ ކަމަށް ޑީއެންއާރުން ބުންޏެވެ.
ޑީއެންއާރުން މިހާތަނަށް އައިޑީކާޑު ދޫކުރަމުން އައީ އެ ކާޑުގެ ވެރިފަރާތަށް އެކަންޏެވެ.
ސެލްފީ ނެގުން "ކޫލް" ނުވެދާނެ!
ލަންކާ ޕޯޓުގައި ތާށިވި 4،000 ކޮންޓެއިނަރު ގެނެސްފި
ޖީބަށް ލުއި ޗުއްޓީއަކަށް ލޯކަލް ޓޫރިޒަމް ހިޔާރު ކުރަމާ!