މާލޭ މަގުމަތީގައި ޕިކަޕެއްގެ ތެރޭގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއްޖެއްސި މައްސަލަ ފުލުހުން މީހަކު ހޯދަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ މާލޭ މަގުމަތީގައި ދުއްވާފައިދިޔަ ޕިކަޕެއްގެ ތެރޭގައި ހުރި މީހަކު, އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއް ޖެއްސި މައްސަލަ އެ އިދާރާއިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެހެން ކަމުން އެ މީހާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ހެންވޭރު ފުލުހުންގެ އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ޕިކަޕެއްގެ ތެރޭގައި ހުރެ ބަދުއަހުލާގީ ވައްތަރުތަކެއް ޖެއްސި މީހާ، އެ ޕިކަޕްގެ ފަހަތުގައި ސައިކަލެއްގައި އިން އަންހެނަކަށް ޖިންސީ ފުރައްސާރަކުރާ ކަމަށް ދޭހަވާ ވައްތަރުތަކެއް ވެސް ޖެއްސި އެވެ.
އޭނާގެ އެ އަމަލާ މެދު ސޯޝަލް މީޑިއާގައި މީހުން ނުރުހުން އަންނަނީ ފާޅުކުރަމުނެވެ.
ރާއްޖެ އެތެރެކުރަން އުޅުނު 4.4 މިލިއަންގެ ޑްރަގް އަތުލައިގެންފި
އެމެރިކާއިން ހަނގުރާމައަށް 37.5 ބިލިއަން ޑޮލަރު ހަރަދުކޮށްފި
އިތުރު 22 މީހަކަށް ހިމަބިހި ޖެހި، ޖުމްލަ އަދަދު 166 އަށް
