ކެއިންބުއިމުގައި ގެންގުޅެވޭ ބައެއް އާދަތަކުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮ ކަމަށް އަސަރު ކުރެ އެވެ. މި ލިޔުމުގައި ބަލާލާފައިވަނީ އެންޒައިޓީއާއި ސްޓްރެސް ދުރު ކުރުމަބްޓަކައި ބޭނުން ކުރެވިދާނެ ބައެއް ކެއުމުގެ ބާވަތްތަކަށެވެ.
ޑާކް ޗޮކްލެޓް
ޑާކް ޗޮކްލެޓަކީ ފްލެވެނޯލް ގިނަ އަދަދަކަށް ހިމެނޭ އެއްޗެކެވެ. ފްލެވެނޯލް އަކީ ސިކުނޑީގެ މަސައްކަތްތައް ރަނގަޅުކޮށްދޭ މާއްދާއަކަށް ވުމާއެކު އެންޒައިޓީއާއި ސްޓްރެސް ދުރުކުރުމަށް އެހީވެދެ އެވެ.
ޔޯގަޓް
ޔޯގަޓްގައި ހިމެނޭ ގުދުރަތީ މާއްދާތަކުގެ ސަބަބުން ސިކުނޑީގެ ހިނގުން ރަނގަޅު ކޮށްދީ ޑިޕްރެޝަންއަށް މަގުފަހިވާ ހޯމޯންސްތައް ކޮންޓްރޯލް ކޮށްދެ އެވެ. އެހެންކަމުން އަވަހަށް ސްޓްރެސް ވާނަމަ ޔޯގަޓް ކެއުން ރަނގަޅުވާނެ އެވެ.
ގްރީން ޓީ
ދިރާސާތަކުން ދައްކާ ގޮތުގައި ގްރީންޓީގައި ސިކުނޑީގެ ހިނގުން ރަނގަޅު ކޮށްދޭ މާއްދާއެއް ކަމަށްވާ އެލް-ތީނައިން ގިނަ އަދަދަކަށް ހިމެނެ އެވެ. އެހެން ކަމުން ދުވާލުގެ ވަގުތުގައި ގްރީން ޓީ ބުއިމަކީ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅު ކޮށްދޭނެ ކަމެކެވެ.
މައިކަލް ޖެކްސަންގެ ލަވަތައް ބިލްބޯޑް ޗާޓަށް އަރާތާ 60 އަހަރު!
ޖީބަށް ލުއި ޗުއްޓީއަކަށް ލޯކަލް ޓޫރިޒަމް ހިޔާރު ކުރަމާ!
ނަފްސާނީ ދުޅަހެޔޮކަން: އަޅާނުލާ ދޫކޮށްލައިގެން ނުވާނެ 3 ކަމެއް!