ހުޅުމާލެ ދެކުނު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ޑރ. އަހްމަދު ޝަމްހީދުގެ ކެމްޕޭން ޕޯސްޓަރުތަކަށް ގެއްލުންދީފި އެވެ.
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ޑރ. ޝަމްހީދުގެ ކެމްޕޭން ޕޯސްޓަރުތައް ވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުކޮށްލާފަ އެވެ.
މިކަމާ ގުޅޭގޮތުން އެކްސްގައި އެމްޑީޕީން ބުނީ މި ފިނޑި އަމަލު އެ ޕާޓީ އިން ކުށްވެރި ކުރާ ކަމަށެވެ. އަދި ހުރިހާ ކެންޑިޑޭޓުންނަށްވެސް އަމާން ކަމާ އެކު ކެންޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު އޮންނަންވާނެކަމަށް އަބަދުވެސް އެ ޕާޓީން ގަބޫލު ކުރާ ކަމަށް އެމްޑީޕީން ބުންޏެވެ.
ހުޅުމާލޭ ދެކުނު ދާއިރާއަށް ދެން ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ޝާނީޒް ހާޝިމް އާއި ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން މަޑަވެލި ދާއިރާގެ މިހާރުގެ މެމްބަރު ހުސައިން ފިރުޝާން ހިމެނިވަޑައިގަންނަވަ އެވެ. އަދި އަމިއްލަގޮތުން އެ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި އަބްދުއްސަމަދު (ސަމަދުބެ) އާއި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ހިމެނިވަޑައިގަންނަވަ އެވެ.
ޓޭލާއާއި ޓްރެވިސް ކައިވެނި ކުރަން ތައްޔާރު ވަނީ؟
ވެމްކޯ މުވައްޒަފުންގެ ޕެންޝަން ފައިސާގެ މައްސަލަ މަޖިލީހަށް
"ކޮކްޓެއިލް 2"ގެ ޓްރެއިލާއަށް އެމެރިކާގައި ވެސް ބޮޑު ތަރުހީބެއް!
