ސަލްޓަން ޕާކުގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައި ހުރި ބޯޑުތަކަށް ބަޔަކު ގެއްލުންދީފި އެވެ.
މާލެ ސިޓީ ކައުންސިލުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ސަލްޓަން ޕާކުގައި ހަރުކޮށްފައި ހުރި ބޯޑުތަކަށް ބަޔަކު ރޭގެ ވަގުތެއްގައި ގެއްލުންދީފައިވާ ކަމަށާއި އެކަން ކުރި ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
ސިޓީ ކައުންސިލުން އާންމު ކުރި ފޮޓޯތަކުން ފެންނަނީ ޕާކްގައި ކުޅޭ ސަރަހައްދުގައި ކުޑަކުދިންނަށް އިރުޝާދު ދިނުމުގެ ގޮތުން ހަރުކޮށްފައިވާ ބޯޑަކާއި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ހަރުކޮށްފައިވާ ބޯޑެއް ވައްޓާލާފައިވެ އެވެ.
ވަށައިގެން ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުންނަ އެ ޕާކުގެ ބޯޑުތަކަށް ގެއްލުން ދިން މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކުރި ކަމެއް ސާފެއް ނޫނެވެ. ނަމަވެސް އެކަން ފުލުހުން ތަހުގީގު ކުރަމުންދާ ކަން އެނގިފައިވެ އެވެ.
ގާނޫނީ ވަކީލު ކަމުގެ އިމްތިހާނު ދެން ހަދަންޖެހޭނީ ފިޒިކަލްކޮށް
ރާއްޖެ އެތެރެކުރަން އުޅުނު 4.4 މިލިއަންގެ ޑްރަގް އަތުލައިގެންފި
ސަލްމާންގެ ސިއްހަތާމެދު ކަންބޮޑުވުންތައް ބޮޑު ވެއްޖެ