ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ރޭ ސިންގަޕޫރަށް ވަޑައިގެންފި އެވެ.
ރައީސްގެ މި ދަތުރުފުޅާ ބެހޭ ގޮތުން ރައީސް އޮފީހުން އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
މިއީ ރިޔާސީ އިންތިޚާބަށް ފަހު ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގެންނެވި ތިން ވަނަ ފަހަރެވެ. މިދިޔަ މާޗް މަހު ވެސް ރައީސް ވަނީ ތިން ދުވަހުގެ ނުރަސްމީ ދަތުރުފުޅެއް ސިންގަޕޫރަށް ކުރައްވައިފަ އެވެ.
މިދިޔަ ސެޕްޓެމްބަރު 30 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވުމަށް ފަހު އޭގެ އެއް މަސް ފަހުން ވެސް ރައީސް ވަނީ ސިންގަޕޫރަށް ދަތުރެއް ކުރައްވައިފަ އެވެ. އިންތިޚާބީ ރައީސްގެ ގޮތުގައި ހުންނަވާ އެ ފަހަރު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި އާއިލާގެ ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ނަފްސާނީ ދުޅަހެޔޮކަން: އަޅާނުލާ ދޫކޮށްލައިގެން ނުވާނެ 3 ކަމެއް!
އެލާމް ގަޑިތަކުގެ ކުރިން ހެނދުނު ހޭލަނީ ކިހިނެއް؟
މައިކަލް ޖެކްސަންގެ ލަވަތައް ބިލްބޯޑް ޗާޓަށް އަރާތާ 60 އަހަރު!