ބާރު ގުގުރިއާއެކު މާލޭގެ ބައެއް ސަރަހައްދުތަކަށް ހޮނު އަޅައި ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ އެވެ.
ބާރު ގުގުރިއާއެކު ހޮނުއެޅުމުގެ ސަބަބުން ކަރަންޓް ކެނޑިފައި ވަނީ މައްޗަންގޮޅީގެ ސަރަހައްދަކުންނެވެ.
ސްޓެލްކޯ އިން ބުނީ މައްޗަންގޮޅީގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިފައިވާ ކަމަށާއި އެ ސަރަހައްދަށް ހޮނު އެޅި ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
އެ ސަރަހައްދަށް ކަރަންޓް ދިނުމަށްޓަކައި ކުރަންޖެހެ މަސައްކަތްތައް ސްޓެލްކޯ އިން އަންނަނީ ކުރަމުންނެވެ.
ބޯކޮށް ވާރޭވެހި މާލޭގެ ބައެއް ސަރަހައްދުތަކުގައި ވަނީ ފެން ވެސް ބޮޑުވެފަ އެވެ.
ލަންކާގައި މީދަލުން ޖެހޭ ހުމެއް ފެތުރެނީ
ދަރިފުޅަށް ގަނާ ކުރެވެމުން ދާނަމަ ދެނެގަންނާނީ ކިހިނެއް؟
ރަތްކަނޑުގެ ހަމަލާތަކާ ގުޅިގެން އީރާނަށް އަދަބު ދޭނެކަމަށް ބުނެފި
