ރައްޔިތުންގެ މަޖިލިސް ކުރިމަތީގައި އޮންނަ ޕާކިން ޒޯނުގައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލައިފި އެވެ.
ފުލުހުން ބުނީ އެ ސައިކަލް ޕާކިން ޒޯނުގައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލިކަމުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 3 ޖަހާކަން ހާއިރު ކަމަށެވެ. އެ ހާދިސާއާ ގުޅިގެން ހަތް ސައިކަލަކާއި ވޭނަކަށް ގެއްލުން ލިބުނު އިރު، ތިން ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި ސައިކަލުތަކުގައި ރޯކޮށްލި މީހާ މިހާރު ވަނީ ދެނެގަނެވިފަ އެވެ.
އެމީހާ ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ހޮޓެލް ޖެން އާއި ގިނަ އޮފީސް އިމާރާތްތަކެއް ހުރި މި ސަރަހައްދަކީ ސީސީޓީވީ ފޫޓޭޖް ހުންނަ ސަރަހައްދެކެވެ.
8 އަހަރުގެ މެދުކެނޑުމަކަށްފަހު ޖޮނީ އެނބުރި ހޮލީވުޑަށް!
ކުޑަކޮށް ހިނގާލިޔަސް ނޭވާ ކުރު ވޭތަ؟ ހިތުގެ ބައްޔަކަށް ވެދާނެ!
އަމީނީ މަގުގައި އަލުން ތާރު އެޅުމުގެ މަސައްކަތް ފަށަނީ