ދައުލަތަށް 14,000ރ. ގެ ޖޫރިމަނާއެއް ނުދެއްކި މީހަކު ދެ މަހަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.
ހ. ގާޑްންބިޔުޓީން، އަހުމަދު ނައުފަލްގެ މައްޗަށް އެ ހުކުމް އައީ ބަނގުރާ ގެންގުޅުނު މައްސަލައެއްގައި އޭނާގެ މައްޗަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިއްވި 14,400 ރުފިޔާގެ ޖޫރިމަނާ ނުދެއްކުމުންނެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބަނގުރާ ގެންގުޅުނު މައްސަލައެއްގަ އެވެ.
އެ މައްސަލާގައި މިދިޔަ އަހަރު އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 14,400ރ. ގެ ޖޫރިމަނާ ދައުލަތަށް ނުދެއްކުމުން ދައުލަތުން ވަނީ އޭނާގެ އަދަބު ޖަލު އަދަބަކަށް ބަދަލުކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅައިފަ އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ޖޫރިމަނާގެ ފައިސާ ނުދައްކާ އޮތުމުން އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ. އެއީ އެ ކުށުގެ އަސްލު އަދަބެވެ.
ޖޫރިމަނާ ނުދައްކާ ނަމަ ޖަލަށްލުމުގެ ފުރުސަތު ގާނޫނުގެ ދަށުން އޮވެ އެވެ.
ރައީސް މުއިއްޒު އެ ހުންނެވީ ރަނގަޅަށް ބަލިވެފައި: ނަޝީދު
މައިކަލް ޖެކްސަންގެ ލަވަތައް ބިލްބޯޑް ޗާޓަށް އަރާތާ 60 އަހަރު!
ހިދުމަތުގެ އަގު ވަޒަންކޮށް ރިތޭޝްއަށް ހާއްސަ ޝަރަފެއް!