ބ. މިިރިއަންދޫ ރިސޯޓަށް ޖައްސަން އުޅުނު ޓީއެމްއޭގެ ސީޕްލޭނެއް މިއަދު އެކްސިޑެންޓުވެއްޖެ އެވެ.
މި އެކްސިޑެންޓާ ގުޅިގެން ސީޕްލޭން ދިޔަވަމުން އަންނަ މަންޒަރުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. ވީޑިއޯގައި ބޯޓުގެ ފަހަތަށް ފެން ގަނޑު ވަދެފައިވާ މަންޒަރު ފެނެ އެވެ.
އަދި ބޯޓުގައި ތިބި މީހުން ލޯންޗަކަށް އަރުވާ މަންޒަރު ވެސް ފެނެ އެވެ.
މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.
މިކަމާ ގުޅިގެން ޓީއެމްއޭގެ އޮފިޝަލް ކޮމެންޓެއް ވެސް ނުލިބެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ބ.އަތޮޅު ރިސޯޓަކަށް ސީޕްލޭނެއް ޖައްސަން އުޅުމުގެ ތެރޭގައި ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ބަރުދަން ލުއިކުރަން ސައްހަ ނޫން ތަކެތި ބޭނުން ނުކުރަން އެދެފި
ދަރިފުޅަށް ގަނާ ކުރެވެމުން ދާނަމަ ދެނެގަންނާނީ ކިހިނެއް؟
ގައްޒާގައި 3،958 މާބަނޑު އަންހެނުން ބައިގެންދިޔަ