ނިމިދިޔަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް އެޖެންޑާކޮށްފި އެވެ.
ނިމިދިޔަ މަޖިލީހުން ރުހުން ނުދިން ވަޒީރުންނަކީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން އެޓާނީ ޖެނެރަލް އަހްމަދު އުޝާމެވެ.
އެ ތިން ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ދިރާސާކޮށްފައި ވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރި މިންވަރު ބަލާ ކޮމިޓީންނެވެ.
އެ މައްސަލަ ދިރާސާކުރުމަށް އެ ކޮމިޓީއަށް ފޮނުވާފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހު އެވެ.
އެ ބޭފުޅުން އަލުން ވަޒީރު ކަމަށް އައްޔަން ކުރެއްވުމަށްފަހު ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވީ މިދިޔަ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
ޕެންޝަން ފަންޑުން ހައްޖަށް ދިއުމުގެ ޝަރުތު ހަމަވާ 23،000 މީހުން
މޮރޮކޯއިން ސްޕެއިނަށް އެތެރެވާން އުޅުން 57 މީހުން މަރުވެއްޖެ
އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފި
