ކިންގް އޮފް ޕޮޕްގެ ނަމުން މަޝްހޫރު ވެފައިވާ ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަން މަރުވިއިރު އޭނާގެ ބޮލުގައި 500 މިލިއަން ޑޮލަަރަށް ވުރެ ބޮޑު ދަރަންޏެއް އެޅިފައިވާކަން އެނގިއްޖެ އެވެ.
މީޑިއާއަށް ލީކުވި ގާނޫނީ ލިޔެކިޔުންތަކެއްގައިވާ ގޮތުން މައިކަލް މަރުވިއިރު އޭނާގެ ގިނަ މުދާ ހުރީ ރަހުނު ކޮށްފައި ކަމަށާއި ނަގާފައިވާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ވެސް އިންތިހާއަށް ބޮޑެވެ.
މައިކަލްގެ ގާނޫނީ ވަކީލުން މިހާރު ވަނީ އޭނާގެ ބާކީހުރި މުދަލުން ދަރަނިތައް ދައްކާ ޚަލާސްކުރަން ހުށައަޅާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
ލޯނުތަކުގެ އިތުރުން ވެސް މައިކަލް މަރުވިއިރު އޭނާއާ ދެކޮޅަށް ޝަރުއީ ގިނަ މައްސަލަތަކެއް ވެސް ހުށައެޅިފައިވާ ކަމަށް ރިޕޯޓުތައް ދައްކަ އެވެ.
މައިކަލް މަރުވެފައިވަނީ 50 ހުށައެޅުމުގެ މައްޗަށް އެކުލެވޭ ބޮޑު ކޮންސެޓެއް ފަށަން 18 ދުވަހަށް ވެފައި ވަނިކޮށް ލޮސް އެންޖެލަސްގައި ޑްރަގް އޯވާޑޯޒް ވެގެންނެވެ.
މިފްކޯއިން މަސް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި
އިއްޔެގެ އިންތިހާބުން މޮޅުވީ ޕީއެންސީ ކަމަށް އެ ޕާޓީން ބުނެފި
ފުޅީގައި ވަނީ ވެލިދޫ އަބުޅޯގެ މޮޅު މަސައްކަތެއް!