މާލެއިން 92 ކޭސްއާ އެކު މިއަދު ޖުމްލަ 118 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު އަތޮޅުތެރެއިން 5 މީހަކު، ރިސޯޓްތަކުން ޖުމްލަ 16 މީހަކު އަދި ސަފާރީތަކުން ފަސް މީހަކު ޕޮޒިޓިވްވެފައިވެ އެވެ.
މިއަދުގެ 118 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ ޖުމްލަ 19،597 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،397 ގައި މިހާރު ހުރިއިރު 17،132 މީހުންވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި ހަތަރު މީހަކަށް ފަރުވާ ދެމުންދާއިރު، އޭގެ ތެރެއިން އެކަކު ވަނީ ވެންޓިލޭޓަރުގަ އެވެ.
މިހާތަނަށް މި ބަލީގައި 61 މީހަކު ވަނީ މަރުވެފަ އެވެ.
ސަނީހު އިސްތިއުފާދެއްވުމުން އޮޑިޓް ކޮމިޓީއަށް ޝިފާނާ
"ދަ އޮޑިސީ"އަށްފަހު ނޯލަންގެ މިސްރާބު ބިރުވެރި ފިލްމަކަށް!
އިމްތިހާނު ކަރުދާސް ލީކުކުރުން: މޯދީ ވިދާޅުވީ އަދަބު ދޭނެ ކަމަށް
