ރާއްޖޭގެ މޫސުމާ ބެހޭ އޮބްޒަވޭޝަން ވިއުގަ ބައިނަލްއަގްވާމީ މިންގަނޑަށް ތަރައްގީ ކުރުމަށް 1.5 މިލިއަން ޑޮލަރުގެ އެހީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެއީ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމެންޓް ޕްރޮގްރާމް (ޔޫއެންސީޕީ) މެދުވެރިވެގެން ސިސްޓަމެޓިކް އޮބަޒްވޭޝަން ފައިނޭންސިން ފެސިލިޓީ (އެސްއޯއެފްއެފް)އިން ހަމަޖައްސާފައިވާ ފައިސާ އެވެ. އެކަމުގެ އެއްބަސްވުގައި އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ވަނީ ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ އޮންލައިން ކޮށެވެ.
އެ އެއްބަސްވުމުގެ ދަށުން ފައިސާ ހަމަޖެއްސުމުގެ ބޭނުމަކީ ރާއްޖޭގެ މޫސުމާ ބެހޭ އޮބްޒަވޭޝަން ވިއުގަ އަކީ ގްލޯބަލް ބޭސިކް އޮބްޒަވޭޝަން ނެޓްވޯކްގެ މިންގަނޑަށް ފެތޭ ނެޓްވޯކަކަށް ހެދުމެވެ.
މި ފައިސާ ބޭނުން ކުުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި މިހާރު ގާއިމްކޮށްފައިވާ ހަތަރު މެޓު އޮފީހުގެ އޮބްޒަވޭޝަން ސިސްޓަމް އަޕްގްރޭޑު ކުރުމަށާއި ނ. މާފަރު އެއާޕޯޓުގައި އިތުރު އޮފީހެއް ގާއިމް ކުރުމަށް ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ އައްޑޫ ސިޓީ ގަމުގައި ގާއިމްކޮށްފައިވާ އަޕާ އެއާ ރޭޑިއޯ ސޮންޑޭ ސިސްޓަމް މަރާމާތު ކުރުމަށް ވެސް އެ ފައިސާ ބޭނުންކުރާނެ ކަމަށެވެ.
ނަފްސާނީ ދުޅަހެޔޮކަން: އަޅާނުލާ ދޫކޮށްލައިގެން ނުވާނެ 3 ކަމެއް!
ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އާރިފް ހަމަޖައްސައިފި
ކަރަންފޫ ފެން: ހަޖަމު ކުރުމުގެ ނިޒާމަށް އޮތް ފަރުވާއެއް؟
