ހުޅުމާލޭ ފޭސް 2ގައި ބާރަށް ދުއްވި ރޭސް ކާރެއް ކޮންޓްރޯލުން ނައްޓައިގެން ގޮސް ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިިފި އެވެ.
މިދިޔަ ޖުލައި 31 ވަނަ ދުވަހު އެކްސިޑެންޓުވި ކާރު ކޮންޓްރޯލުން ނައްޓައިގެން ގޮސް ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ ވިއްސައިގެން ގޮސް ބިންމަތީގައި ޖެހުނެވެ. ކާރުގައި ތިބި ތިން މީހުން ވެސް ކާރުން ނުކުމެ ފިލައިގެން ދިޔައީ އެވެ. ނަމަވެސް ޖެހިގެން އައި ދުވަހު އެ ތިން މީހުން ހައްޔަރުކުރި އެވެ. އެ މީހުން ކޯޓަށް ގެންދިޔުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފަ އެވެ.
އެ ހާދިސާގައި އަނިޔާ ލިބުނު މީހާއަށް ފަރުވާދިނުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ.
އެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންނަކީ މ. ލޭންޑްއޮފްގާޑަން، އިބްރާހިމް އިކުރާމާއި ހ. ނޫރަންމާގެއާގެ، އިކްރާމުއްރަހުމާންގެ އިތުރުން ގއ. ކަނޑުހުޅުދޫ، އާޒާދުގެ، ޖިނާހު އިސްމާއީލެވެ.
ފުލުހުން ބުނީ އެ ތިން މީހުންގެ މައްސަލަ ޕީޖީ އޮފީހުން ބަލައިގެންފައިވާ ކަމަށެވެ. މާލޭގެ ގޭންގަކަށް ނިސްބަތްވާ އެ ތިން މީހުންނަކީ ކުށުގެ ރެކޯޑު އޮންނަ މީހުންނެވެ.
އަމީނީ މަގުގައި އަލުން ތާރު އެޅުމުގެ މަސައްކަތް ފަށަނީ
އީރާނުން އެއްބަސްވުމަކަށް ތައްޔާރެއް ނޫން: ޓްރަމްޕް
ދަރިވަރުންގެ މުޒާހަރާއަށް ބޮލީވުޑް ތަރިންގެ ތާއީދު!
