ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި ބުދަ ދުވަހުގެ ބާސެލޯނާއާ ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗަށް، ޕީއެސްޖީގެ ފޯވަޑް ނޭމާ ފިޓުވުމުގެ ފުރުސަތު އެބައޮތް ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.
ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ފްރެންޗް ކަޕްގައި ކުޅުނު މެޗެއްގައި ލިބުނު އަނިޔާއަކާ ގުޅިގެން ނޭމާ އަށް އޭނާގެ ކުރީގެ ކްލަބާ ދެކޮޅަށް ފުރަތަމަ ލެގުގައި ނުކުޅެވުނެވެ.
ނޭމާ މިހާރު ވަނީ ބާސާގެ ފަރިތަކުރުންތަކަށް ނިކުމެފަ އެވެ. މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި، ނޭމާ ދެވަނަ ލެގަށް ފިޓުވުމުގެ ފުރުސަތު އެބައޮތެވެ.
ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ނޭމާގެ ރިކަވަރީއާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި އެކަމަކު ބާސާ މެޗަށް އޭނާ ފިޓުވާނެކަން އަދި މުޅިން ޔަގީންނުވާ ކަމަށެވެ. – ބީބީސީ
ހިތަދޫ އުތުރު ގޮނޑި ސޯބެ އަށް
ހިތަދޫ އުތުރު ދާއިރާއިން ޕީއެންސީގެ ތާއީދު ދަށްވެއްޖެ: އައްބާސް
މިފްކޯއިން މަސް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި