ވ އަތޮޅުގައި ހިންގާ ރިސޯޓެއްގައި ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ އެވެ.
މި ހާދިސާގައި މަރުވެފައިވަނީ 63 އަހަރުގެ ބެލަރޫސް އަންހެނެކެވެ.
ފުލުހުން ބުނީ މީހަކު ގެނބިގެން ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 11:29 ހާއިރު ކަމަށާއި ވ. ފެލިދޫގައި ހުންނަ ހޮސްޕިޓަލަށް އަންހެން މީހާ ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މިދިޔަ ހުކުރު ދުވަހު ރ. އަލިފުށީގައި ވެސް ވަނީ މަސްހިފަން ފޭބި ޒުވާނަކު ގެނބިގެން މަރުވެފަ އެވެ.
61 އަހަރުގައި އާމިރު ތިންވަނަ ކައިވެންޏެއްގެ މިސްރާބަށް!
ސެލްފީ ނެގުން "ކޫލް" ނުވެދާނެ!
ޑިޑީއާ ދެކޮޅަށް އަނެއްކާ ވެސް އާ ދައުވާއެއް!