ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން 248 ސިޔާސީ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވިއިރު، ވަޒީފާއިން ވަކިކުރި މީހަކު ފެންނާކަށް ނެތެވެ.
ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން 228 މުވައްޒަފުން ދެ ހަފުތާގެ ތެރޭގައި ވަޒީފާއިން ވަކިކުރަން ނިންމާފައިވާކަން ރައީސް މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.
ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އިއްޔެއާ ހަމައަށް 248 މީހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އެކަމަކު އޭގެ އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ. އަދި ވަކިކުރިކަން ކަށަވަރުވާނެ އެއްވެސް ހެއްކެއް ނެތެވެ.
ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށް ސިޔާސީ މުވައްޒަފުންގެ ޕާފޯމަންސް ބަލާނެ ނިޒާމެއް ގާއިމް ކުރަން ކެބިނެޓުން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސިޔާސީ މަގާމްތަކުން ގިނަ މީހުން ވަކިކޮށްގެން ދައުލަތުގެ ބަޖެޓުން މަހަކު 5.7 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.
"ބިގް ބޭންގް ތިއަރީ"ގެ ތަރި ކޭލީ ދެވަނަ ދަރިފުޅަށް ބަނޑުބޮޑު!
ބަކެޓް ލިސްޓަށް އާ މަންޒިލެއް: ޖާދޫއެއް ފަދަ ޕެންގޮންގް ސޯ!
ބައެއް ރަށްރަށުގައި ވަނީ ވޯޓާސް ލިސްޓް އޮޅުވާލާފައި: މީކާއީލް

ހީނާ ވަލީދު އަކީ އެމަގާމައް ކުފޫހަމަވާ މީހެއް ނޫން. ބޭރުކޮއްލަންޖެހެނީ