ނަޞްރުގެ ދުވަހުގެ މުނާސަބާގައި "ޝަހީދުންގެ ޝަރަފުގައި ދިދަ ވިހުރާލުން" ނަމުގައި ޚާއްސަ ހަރަކާތެއް މިދިޔަ އާދީއްތަ ދުވަހު ހަވީރު ހުޅުމާލޭގައި ބާއްވައިފި އެވެ.
ހުޅުމާލޭ ފޭސް 1 ޕޮލިސް ސްޓޭޝަނުން ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި ހުޅުމާލޭ ޕޮލިސް ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކެއްގެ ފުލުހުންނާއި ފުލުހުންގެ އާއިލާތަކާއި ހުޅުމާލޭގެ ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި ސްކޫލް މެނޭޖްމަންޓްގެ ބޭފުޅުން ބައިވެރިވެފައިވެ އެވެ.
މި ހަރަކާތުގައި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ދާވޫދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ހަރަކާތުގައި ނަސްރުގެ ދުވަހު ޝަހީދުވި އަބްޠާލުންގެ ހަނދާނުގައި ސުކޫތެއް ގެނައުމާއި ޝަހީދުންގެ ޝަރަފުގައި ދިދަ ވިހުރުން އަދި ނަޞްރުގެ ޚާއްސަ ދުއާއެއް ކިޔުން އޮތެވެ. މިއީ ޕޮލިސް ސްޓޭޝަނަކުން އިސްނަގައިގެން މިފަދަ ހަރަކާތެއް ބޭއްވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.
ސަރުކާރުން ވެސް ވަނީ މިފަހަރުގެ ނަސްރުގެ ދުވަސް ރަސްމީ ފެންވަރުގައި ކުލަގަދަކޮށް ފާހަގަކުރުމަށް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ހިޒްބުﷲ އިން ބަލައިނުގަތް
ދުޅަހެޔޮ ހިތަކަށް އުފުލަންވީ ބަރު: އާ ދިރާސާއަކުން ހޯދުންތަކެއް!
ޗެޓްބޮޓަށް އޮޅުވާލައިގެން އިންސްޓަގްރާމްގެ ޑޭޓާ ވަގަށް ނަގައިފި
