ތައިލެންޑުގެ ވެރިރަށް ބެންކޮކަށް ޑްރަގު އެތެރެކުރަން އުޅުނު ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
ތައި މީޑިއާއަކުން އެ ގައުމުގެ ފުލުހުންނާއި ހަވާލާދީ ބުނެފައިވަނީ ޕްރޮޓީން ސަޕްލިމަންޓް ފުޅިއެއްގައި ތިން ކިލޯގެ މެފްޑްރޯންއާ އެކު ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވަނީ އިނގިރޭސި ވިލާތުން ކުރިއާ ސާވިސް މެދުވެރިކޮށް ފޮނުވި ޕާރްސަލާއި ހަވާލުވާން ގޮސް ހުއްޓާކަމަށް ތައި މީޑިއާއިން ބުނެފައިވެ އެވެ.
އޭނާގެ އިތުރުން މައުލޫމާތު އެ ގައުމުގެ ފުލުހުން ހާމަކޮށްފައިނުވެ އެވެ. ފުލުހުން ބުނީ އޭނާގެ މައުލޫމާތު ހާމަނުކޮށް މަޑުކުރަނީ އެ މައްސަލައާއި ގުޅުންހުރި އިތުރު ލިންކްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށެވެ.
މެފްޑްރޯންއާ އަކީ ތައިލޭންޑްގައި "ކެޓަގަރީ 1" ގެ ޑްރަގެއް ގޮތުގައި ހިމަނާފައިވާ ޑްރަގެކެވެ.
އީރާނުން ބަހުރޭނާއި ކުވެއިތުގައި ހުރި މަރުކަޒުތަކަށް ހަމަލާދީފި
ރާއްޖެ އެތެރެކުރަން އުޅުނު 4.4 މިލިއަންގެ ޑްރަގް އަތުލައިގެންފި
އެވެންޖާސް ޑޫމްސްޑޭ: ސްޕައިޑަމޭންއާއި ސެންޓްރީ ފެންނާނެތަ؟