ކުރިއަށް އޮތް ކަރިސްމަސްގައި ކުޅެވޭ އެމެރިކާގެ ނެޝަނަލް ފުޓްބޯލް ލީގް (އެންއެފްއެލް)ގެ މެޗެއްގައި މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭގެ ހުށައެޅުމެއް ފެންނާނެ ކަމަށް ހަބަރުތައް ބުނެފި އެވެ.
ބިޔޯންސޭ ހުށަހަޅަން ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ރޭވަންސް ކްލަބްއާއި ޓެކްސަންސް ކްލަބް ވާދަކުރާ މެޗުގެ ހާފްޓައިމްގަ އެވެ.
މި ހުށަހެޅުން ޕްރޮޑިއުސް ކުރާނީ ބިޔޯންސޭގެ އަމިއްލަ ކުންފުނިން ކަމަށް ބުނެވޭއިރު މިއީ އޭނާގެ އަލްބަމް "ކައުބޯއީ ކާޓާ"ގެ ލަވަތައް ލައިވްކޮށް ފުރަތަމަ ހުށައަޅާނެ ހުށައެޅުމެވެ.
ބިޔޯންސޭގެ އުފަން ސިޓީ ކަމަށްވާ ހޫސްޓަންގައި ބާއްވާ އެ މެޗުގައި އޭނާގެ ހުށައެޅުމެއް ފެންނާތީ އެ މެޗަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ބެލެވެ އެވެ.
ބިޔޯންސޭ ވަނީ އެ މެޗުގައި އޭނާގެ ހުށައެޅުމެއް ފެންނާނެކަން އޭނާގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އާއްމުކުރި ވީޑިއޯއެއްގައި ޔަގީން ކޮށްދީފަ އެވެ.
އެއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ނެޓްފްލިކްސްއަށް ސަބްސްކްރައިބް ކޮށްފައިވާ އެންމެންނަށް ވަގުތުން އެ ހުށައެޅުން ބަލާލެވޭނެ ކަމަށް ވެސް ބިޔޯންސޭ ބުނެފައިވެ އެވެ.
ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސް ކަމުން ނާޒިމް ވަކިކޮށްފި
"ހޭ ޖަވާނީ ތޯ އިޝްގް ހޯނާހޭ"އަށް ބޮކްސް އޮފީހުގައި ފިނި ފެށުމެއް!
ރައީސް މުއިއްޒު އެ ހުންނެވީ ރަނގަޅަށް ބަލިވެފައި: ނަޝީދު