އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ މިނިސްޓަރު އައިޝަތު ރަމީލާ މަޤާމުން އިސްތިޢުފާ ދެއްވައިިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރަމީލާގެ ސިއްހީ ހާލުކޮޅު ހުރިގޮތުން މިނިސްޓަރުގެ މަޤާމުން އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އޭނާގެ އިސްތިއުފާ ރައީސް ގަބޫލުކުރައްވާފައި ވާކަމަށެވެ.
ރައީސް ވަނީ ރަމީލާގެ މަސައްކަތްޕުޅު ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފަ އެވެ.
"އަޅުގަނޑުގެ ދުޢާއަކީ، ޑޮކްޓަރ ޢާއިޝަތު ރަމީލާގެ ސާބިތުކަމާއި ކެތްތެރިކަން އިތުރު ކުރައްވައި މާތްﷲ ގެ ތަނަވަސް ރަޙުމަތްފުޅުން ޑޮކްޓަރ ޢާއިޝަތު ރަމީލާއަށް އަވަސް އަދި ދާއިމީ ޝިފާއެއް މިންވަރު ކުރައްވައި އަދަށްވުރެ އުފާވެރި ފާގަތި މުސްތަޤުބަލެއް މިންވަރުކުރެއްވުމެވެ." ރައީސްގެ ބަޔާނުގައިވެ އެވެ.
ރަމީލާ މަގާމާއި ހަވާލުވެވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއް ތެރޭގައި ވަނީ ކެންސަރު ބައްޔަށް ފަރުވާ ކުރައްވަން ފައްޓަވާފަ އެވެ.
އީދު ފާހަގަކުރި ގޮތް ބަލަން ސަލަފުން މައުލޫމާތު އެއްކުރަނީ
ސިނގިރޭޓު ބުއިން ހުއްޓާލުމާއެކު ހަށިގަނޑަށް އަންނަ ބަދަލުތައް!
ޝާހްރުކް ޚާން މިފަހަރު ފެނުނީ މުޅިން ތަފާތުކޮށް!