ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހަމީދުގެ މަސްލަހަތު އޮންނަ ނޯތު ކޯސްޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ދައުލަތުން 44 މިލިއަން ރުފިޔާ ދިން މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް އަންގަވައިފި އެވެ.
އެ މައްސަލައަކީ ދިވެހި ދައުލަތާއި، ރައްޔިތުންގެ އާންމު މަސްލަހަތު މަތީ ދަރަޖައަކަށް އޮތް ހައްސާސް މައްސަލައެއް ކަމަށް ފެންނާތީ އެ މައްސަލައަށް އިތުރު ސަމާލުކަމެއް ދީގެން އަވަސް ތަހުގީގެއް ހިންގަން ޕީޖީ އަންގަވާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.
"އެ މައްސަލައަށް ޚާއްސަ ތަހުގީގު ޓީމެއް އެކުލަވާލައި، އަވަސް މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދެވުމަށް މިއަދު އެ ހިދުމަތުގައި ދަންނަވާފައި ވާނެ،" ޕީޖީ އޮފީހުން ބުންޏެވެ.
އެ މައްސަލައިގައި ހިމެނޭ ފަރާތްތަކާ ގުޅޭ އެ ބާވަތުގެ އިތުރު ޕްރޮޖެކްޓެއްވާނަމަ، އެކަންކަން ވެސް އެ މައްސަލައިގެ ތެރެއިން ތަހުގީގު ކުރުމަށް ޕީޖީ ވަނީ އަންގަވާފަ އެވެ.
އެމެރިކާގެ މަނަވަރުތަކަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފި
"އަސާސީ ތަކެތީގެ އަގު އެންމެ ބޮޑަށް އުފުލުނީ މިދިޔަ މަހު"
ޖެނިފާގެ ތައުރީފު ކުރީގެ ފިރިމީހާ ބްުރެޑްއަށް!
