ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.
އިމިގްރޭޝަނުން ބުނީ އެ އިދާރާއާ ފުލުހުންނާ ގުޅިގެން ހިންގި ހާއްސަ އިންސްޕެކްޝަންތަކެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރާ ބިދޭސީ ހަތް މީހަކު ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވަނީ ހަތަރު އަންހެނުންނާއި ތިން ފިރިހެނުންނެވެ.
މި މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށްފަހު ދެ އަންހެނުން މިހާރު ވަނީ ޑީޕޯޓްކޮށްލާފަ އެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ތިބި މީހުން ޑީޕޯޓް ކޮށްލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އިދާރާއިން ބުންޏެވެ. މީގެ ތެރޭގައި ހިމެނެނީ ހަތަރު ބަންގްލަދޭޝް މީހުންނާއި ރަޝިއާ އަންހެނެކެވެ.
ފުލުހުންނާއި އިމިގްރޭޝަނުން އެކުގައި ކުރަމުންދާ ހާއްސަ އިންސްޕެކްޝަންތަކުގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ގިނަ ބިދޭސީންތަކެއް މީގެ ކުރިންވެސް ވަނީ އަތުލައިގެންފަ އެވެ.
މާ ގިނައިން ޕްރޮޓީން ކާނަމަ ފަހުން ހިތާމަ ކުރަން ޖެހިދާނެ!
ލަންދޫގައި ހުމެއް ފެތުރި، އިންފްލުއެންޒާއަށް ޓެސްޓު ކުރަނީ
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ހިޒްބުﷲ އިން ބަލައިނުގަތް