އިންޑިއާގެ ގައުމީ ބަތަލެއްގެ ގޮތުގައި ބެލެވޭ މަހާތުމާ ގާންދީއާ ބެހޭގޮތުން ބޮލީވުޑްގެ ލަވަކިޔުންތެރިޔާ އަބީޖީތު ބަޓާޗާރްޔާ ދެއްކި ވާހަކަތަކާއެކު އޭނާއަށް ގާނޫނީ ނޯޓިސްއެއް ފޮނުވައިފި އެވެ.
ފްރީ ޕްރެސް ޖާނަލްއަށް ދިން އިންޓަވިއުއެއްގައި އަބީޖީތު ބުނެފައިވަނީ ގާންދީއަކީ "އިންޑިއާއަށްވުރެ ބޮޑަށް ޕާކިސްތާނުގެ ބައްޕަ" ކަމަށެވެ.
"އޭރުވެސް އިންޑިއާ އޮތް. ގާންދީގެ ސަބަބުން ޕާކިސްތާން އުފެދުނީ. އެހެންވީމަ ބުނެވޭނީ އޭނާއަކީ ޕާކިސްތާނުގެ ބައްޕައޭ" އަބީޖީތު ބުންޏެވެ.
އަބީޖީތުގެ މި ވާހަކަތަކަށް ކުޑައިރުކޮޅެއްގެ ތެރޭގައި ބޮޑު ސަމާލުކަމެއް ލިބުނުއިރު ޕޫނޭއަށް ނިސްބަތްވާ ވަކީލަކު ވަނީ އޭނާއަށް ގާނޫނީ ނޯޓިސްއެއް ވެސް ފޮނުވާފަ އެވެ.
އެ ނޯޓިސްގައި ބުނެފައިވަނީ ގައުމީ ބަތަލަކަށް ކުޑައިމީސް ކުރެވުނީތީ ފާޅުގައި މައާފަށް އެދުމަށާއި އެހެން ނޫންނަމަ ދައުވާ އުފުލާނެ ކަމަށެވެ.
މަހާތުމާ ގާންދީއަކީ އިނގިރޭސިންގެ އަތްދަށުން އިންޑިއާ މިނިވަންކޮށް ވަކި ދައުލަތެއްގެ ގޮތުގައި އެގައުމު ހިންގަން ފެށި ބާނީ އެވެ.
މިފްކޯއިން މަސް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި
ހިދުމަތުގެ އަގު ވަޒަންކޮށް ރިތޭޝްއަށް ހާއްސަ ޝަރަފެއް!
"އަސާސީ ތަކެތީގެ އަގު އެންމެ ބޮޑަށް އުފުލުނީ މިދިޔަ މަހު"