އދ. އަތޮޅު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއަކު މޫދުގައި އުޅެނިކޮށް ލޯންޗަކުން ޖެހި މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ރެޑިސަން ބުލޫ މޯލްޑިވްސް ރިސޯޓުގެ ބޭރު މޫދުގައި އުޅެނިކޮށް އައިކޮމް ގްރީން ނަމަކަށް ކިޔާ ލޯންޗަކުން ޖެހި މީހަކު މަރުވި މައްސަލަ މިއަދު 10:00 އެހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މަރުވެފައިވަނީ އާޖެންޓީނާގެ އުމުރުން 55 އަހަރުގެ ފަތުރުވެރިއެއް ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސިންގަޕޫރަށް ނިސްބަތްވާ އުމުރުން 15 އަހަރުގެ ދަރިވަރަކު ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ދޯނީގެ ބުރަފަތީގައި ޖެހި މަރުވި މައްސަލައެއްވެސް ދަނީ ތަހުގީގު ކުރަމުންނެވެ.
ސަރުކާރުން ހުރިހާ ޝަރުތުތައް ގަބޫލުކުރުމުން މުޒާހަރާ ނިންމާލައިފި
8 އަހަރުގެ މެދުކެނޑުމަކަށްފަހު ޖޮނީ އެނބުރި ހޮލީވުޑަށް!
ތ. އަތޮޅުގައި 175 މިލިއަން ޑޮލަރުގެ ޓައުންޝިޕް މަޝްރޫއެއް
ތިޔޭ މިބުނާ ވާހަކައަކީ...ގޭންގްގެ ބާރު ތިޔަ ފެންނަނީ.ގައުމުގައި ހުރި ތިޔަފަދަ ބޮޑެތި މަސްއަލަ ތައް..ތިޔަ ބޭފުޅުންގެ ދަރިން ސަލާމަތް ކުރައްވަން ބޭނުންފުޅު ނަމަ ޢުމަރު ނަޞީރު ކަހަލަ ބޭފުޅަކު ވެރިކަމަށް ގެންނަވާ...މިހާރު މިހިރަ ކަހަލަ މަޑުޗަކުން ޗައްޕާހަކަށް ހައްލެއް ނުކުރެވޭނެ.