މާދަމާ (ހޮނިހިރު ދުވަހު) މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް މާދަމާ ކުރަން ތާވަލުކޮށްފައިވާ ކަމަށެވެ.
އެހެންވެ މާދަމާ ކަރަންޓު ކެނޑިދާނެ ކަމަށް ބެލެވޭ ތަންތަނުގެ ގޮތުގައި ސްޓެލްކޯއިން ފާހަގަކޮށްފައިވަނީ ލިލީމަގާއި ޗާންދަނީ މަގުގެ އިތުރުން ދަރުމަވަންތަ މަގު ހިމެނޭ ސަރަޙައްދުންނެވެ.
ކަރަންޓު ކެނޑޭނީ މާދަމާ މެންދުރުފަހު 2:00 އާއި 3:00 އާ ދެމެދުގެ ވަގުތުތަކެއްގައިކަމަށް ވެސް ސްޓެލްކޯއިން ބުނެ އެވެ.
މި ވަގުތު ތަކުގައި މި ދެންނެވި ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދު ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދޭކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައި ވެއެވެ.
61 އަހަރުގައި އާމިރު ތިންވަނަ ކައިވެންޏެއްގެ މިސްރާބަށް!
ޗެޓްބޮޓަށް އޮޅުވާލައިގެން އިންސްޓަގްރާމްގެ ޑޭޓާ ވަގަށް ނަގައިފި
މާ ގިނައިން ޕްރޮޓީން ކާނަމަ ފަހުން ހިތާމަ ކުރަން ޖެހިދާނެ!