މާލޭގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ އަނިޔާ ލިބިފައިވާ މީހަކު ރޭ 11:40 ހާއިރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
މާރާމާރީއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގެ އިތުރު ތަފްސީލު ހިއްސާނުކޮށް ފުލުހުން ބުނީ މައްސަލަ މިހާރު ތަހުގީގު ކުރަމުން ދާކަމަށެވެ.
މި މަހުގެ 15 ވަނަ ދުވަހު މާލޭ ސެނަހިޔާ ހޮސްޕިޓަލު ކައިރިންވެސް ޒަހަމް ތަކަކާއެކު މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވެފައި ވެއެވެ.
މާލޭގައި ގޭންގު މާރާމާރީތަކެއް އިތުރުވާން ފަށާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެންނެވެ.
ޓޭލާއާއި ޓްރެވިސް ކައިވެނި ކުރަން ތައްޔާރު ވަނީ؟
"ކޮކްޓެއިލް 2"ގެ ޓްރެއިލާއަށް އެމެރިކާގައި ވެސް ބޮޑު ތަރުހީބެއް!
ބްރޯޑްކާސްޓިން ކޮމިޝަނަށް ނުލިބި 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ