ބޮލީވުޑްގެ ކާމިޔާބު ތަރި ޝިލްޕާ ޝެޓީ ޗުއްޓީގައި ދިވެހި ރާއްޖެއަށް އައިސް އޭނާގެ ހަޔާތުގައި މުޅިން އަލަށް ބައެއް ކަންކަން ތަޖުރިބާ ކޮށްފި އެވެ.
މިދިޔަ ހޯމަ ދުވަހު ޝިލްޕާ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި އޭނާ ވަނީ އޭގެ ކުރީ ދުވަހަކީ އޭނާގެ ހަޔާތުގެ ވަރަށް ގިނަ "ފުރަތަމަ ފަހަރު" ތަޖުރިބާކުރި ދުވަހެއް ކަމަށެވެ.
އެގޮތުން އެންމެ ފުރަތަމަ ކަމަކަށް އޭނާ ދަސްކުރީ ޖެޓްސްކީ ދުއްވުން ކަމަށް ޝިލްޕާ ބުންޏެވެ. އެއްގަމު އުޅަނދު ދުއްވަން ބިރު ގަންނަކަން ފާހަގަ ކުރެމުން ޝިލްޕާ ވަނީ ޖެޓް ސްކީ ދުއްވަން އޭނާއަށް ދަސްކޮށްދިން އޭނާގެ ފިރިމީހާ ރާޖް ކުންޑްރާއަށް ޝުކުރު އަދާކޮށްފަ އެވެ.
އެއާއެކު އެ ދުވަހު ޝިލްޕާ ވަނީ އޭނާގެ ހަޔާތުގައި ފުރަތަމަ ފަހަރަށް ކަނޑުއަޑީގެ ސަބްމެރިންއަކަށް އަރާފަ އެވެ. އެއީ އޭނާއަށް ފަތަން ނުވަތަ ފީނަން ނޭނގޭތީ ކަނޑުއަޑީގެ ތަޖުރިބާ ކުރެވޭނެ އެންމެ މޮޅު ގޮތް ކަމަށް ޝިލްޕާ ބުނެފައިވެ އެވެ.
އޭގެ އިތުރުން ވެސް މަގުބޫލު ކެއުމެއް ކަމަށްވާ ސޫޝީ ހެދުމުގެ ތަޖުރިބާ ވެސް ލިބުނު ކަމަށް ބުނަމުން ޝިލްޕާ ވަނީ އެ ކެއުން ތައްޔާރުކުރާ ޗެފުންނަށް ސާބަސްދީފަ އެވެ.
ފިރިމީހާ ރާޖްއާއި އެމީހުންގެ ދަރިންނާއެކު ޝިލްޕާ ރާއްޖޭގައި ޗުއްޓީ ހޭދަކުރީ މާލެ އަތޮޅު ޖުމައިރާ އޮޅަހަލި އައިލެންޑް ރިސޯޓުގަ އެވެ.
ޓޭލާއާއި ޓްރެވިސް ކައިވެނި ކުރަން ތައްޔާރު ވަނީ؟
"ކޮކްޓެއިލް 2"ގެ ޓްރެއިލާއަށް އެމެރިކާގައި ވެސް ބޮޑު ތަރުހީބެއް!
ސަބަބެއްނެތި ހޮޑުލެވި ބޯ އެނބުރުމަކީ ކުއްލި ނުރައްކަލަކަށް ވެދާނެ