އެމްއެމްއޭ އަށް ހުޅުމާލެ އިން ބިމެއް ގަނެގެން ސަރުކާރަށް ފައިސާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ދަނޑިވަޅުގައި ފިނޭންސް މިނިސްޓްރީގެ އިކޮނޮމިސްޓް، މުހައްމަދު ޒަޔާން އަހުމަދު އިސްތިއުފާ ހުށަހަޅުއްވައިފި އެވެ.
ޒަޔާން އިސްތިއުފާ ދެއްވަން ނިންމެވީ، އިގުތިސާދީ އަދި މާލީ ގޮތުން މިހާރު އަޅަމުންދާ ބައެއް ފިޔަވަޅުތަކާމެދު ހިތްހަމަނުޖެހިވަޑައިގެން ކަން އެނގިފައިވެ އެވެ.
ފިނޭންސް މިނިސްޓްރީގައި އިސް އިކޮނޮމިސްޓެއްގެ ގޮތުގައި ޒަޔާން 2023 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރެއްވީ ފިނޭންސް ފިސްކަލް ޑިޕާޓްމަންޓުގެ ވެރިޔެއްގެ ގޮތުގަ އެވެ. އޭގެކުރިން ފިސްކަލް ކޮންސަލްޓެންޓެއް އަދި ފިސްކަލް ޕޮލިސީ އެކްސްޕާޓެއްގެ ގޮތުގައި ވެސް އޭނާ ވަނީ ހިދުމަތް ކުރައްވައިފަ އެވެ.
ޒަޔާންއަކީ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ބޯޑުގައި ފިނޭންސް މިނިސްްޓްރީ ތަމްސީލު ކުރައްވާ ބޭފުޅާ އެވެ.
ޒަޔާން އިސްތިއުފާ ދެއްވަން ދެ މަސް ދުވަހުގެ ނޯޓިސް ފިނޭންސަށް މިހާރު ވަނީ ހުށަހަޅުއްވައިފަ އެވެ. އޭނާ އެ މަގާމުގައި ހުންނަވާނެ އެންމެ ފަހު ދުވަހަކީ މެއި 15، އެވެ.
މީގެ ކުރިން އޭނާ ވަނީ އެމްއެމްއޭގެ މަގާމުތަކެއް ވެސް އަދާކުރައްވާފަ އެވެ. ފިނޭންސް މިނިސްޓްރީގެ ފިސްކަލް ޕޮލިސީ އެކްސްޕާޓެއްގެ މަގާމު ވެސް އޭނާ އަދާކުރެއްވި އެވެ.
ނަފްސާނީ ދުޅަހެޔޮކަން: އަޅާނުލާ ދޫކޮށްލައިގެން ނުވާނެ 3 ކަމެއް!
ޖީބަށް ލުއި ޗުއްޓީއަކަށް ލޯކަލް ޓޫރިޒަމް ހިޔާރު ކުރަމާ!
ޓެކްނޮލޮޖީގެ ޒަމާނުގައި ދިރިއުޅުމުގެ ހަގީގީ މާނަ ހޯދާނީ ކިހިނެއް؟