ކުއްލިއަކަށް މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކޮށްފިނަމަ މަޖިލިސް އިންތިޚާބަށް ނެގި ދަރަނި އަދާކުރާނެ ގޮތެއް ނޯންނާނެ ކަމަށް ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.
މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް ފަލާހު މިރޭ އެކްސްގައި ވިދާޅުވީ އެމްޑީޕީގެ ސުޕަ މެޖޯރިޓީން އޮތް މަޖިލީހުން ވެސް މުސާރަ ކުޑަނުކުރާ ކަމަށެވެ.
އޭނާ ވިދާޅުވީ މުސާރަ ކުޑަކޮށްފިނަމަ، އިންތިހާބު ކާމިޔާބުކުރަން ނެގި ލޯނުތަކަށް ފައިސާ ދެއްކޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.
މަޖިލިސް މެންބަރުންގެ މުސާރައަށް ބަދަލު ގެނައުން ރަނގަޅީ މަޖިލީހުގެ ދައުރެއް ނިމި އާ ދައުރެއްގެ އިންތިހާބާ ޖެހުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ވީމަ އަލަށް 21ވަނަ މަޖިލީހަށް، މެމްބަރަކަށް 5000 ރުފިޔާ ކަނޑައެޅީމަ އެ މުސާރަ އޯކޭވެގެން ކުރިމަތިލާ މެމްބަރުންނަކަށް ޝަކުވާކުރެވޭކަށް ނޯންނާނެ،" ފަލާހު ވިދާޅުވި އެވެ.
މާ ގިނައިން ޕްރޮޓީން ކާނަމަ ފަހުން ހިތާމަ ކުރަން ޖެހިދާނެ!
ދުވާލަކު އެންމެ 5 މިނެޓުގެ ކަސްރަތުން އުމުރު ދިގު ކޮށްދޭ!
ފަހި ފުލެޓެއް ކުއްޔަށް ދޫކުރި އެކަކު ޖޫރިމަނާކޮށްފި
