ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދިޔަ ހޮލީވުޑްގެ ފިލްމު "އަ މައިންކްރާފްޓް މޫވީ" މިއަދު ހަވީރު ޝްވެކް ސިނަމާގައި ދައްކަން ފަށާނެ އެވެ.
މިމަހުގެ ހަތަރުވަނަ ދުވަހު އެމެރިކާގައި ރިލީޒް ކުރެވުނު އެ ފިލްމަކީ 2011 ވަނަ އަހަރުގެ ވީޑިއޯގޭމް "މައިންކްރާފްޓް"ގެ މައްޗަށް ބިނާ ކޮށްފައިވާ ފިލްމެކެވެ.
މި ފިލްމަކީ އެކްޝަން ތްރިލާ ފެންޓަސީ ޖޯންރާގެ ފިލްމެއް ކަމަށާއި ޝައުގުވެރި އެތައް ކަމެއް ފިލްމުން ފެނިގެންދާނެ ކަމަށް ބެލެވެ އެވެ.
ޖޭސަން މޮމޮއާ، ޖެކް ބްލެކް، ޑެނިއެލް ބްރޫކްސް އަދި އެމާ މަޔާސް މުހިއްމު ރޯލުތަކުން ފެންނަ އެ ފިލްމަށް އެމެރިކާގައި ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. އެއާއެކު ކްރިޓިކްސްގެ ފަރާތުން ވެސް އެ ފިލްމަށް ލިބެމުން އަންނަނީ ޕޮޒިޓިވް ރިވިއުސް ކަމަށް ހަބަރުތައް ބުނެ އެވެ. އެގޮތުން އެ ފިލްމުގެ އެވަރެޖް ރޭޓިންއަކީ 5.1/10 އެވެ.
މި ފިލްމުގެ ޖުމްލަ ހަ ޝޯއެއް މި ހަފްތާއަށް ތާވަލު ކުރެވިފައިވާއިރު ހުރިހާ ޝޯއެއްވެސް ފެށޭނީ ހަވީރު 17:00ގައި ކަމަށް ޝްވެކް ސިނަމާގެ ޝެޑިއުލްގައިވެ އެވެ.
ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސް ކަމުން ނާޒިމް ވަކިކޮށްފި
އިއްޔެގެ އިންތިހާބުން މޮޅުވީ ޕީއެންސީ ކަމަށް އެ ޕާޓީން ބުނެފި
އެމެރިކާއާއި އީރާނާ ދެމެދު އަސްކަރީ ކުރިމަތިލުންތަކެއް