ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ 2 ދައުވާއެއް ސާބިތުވި ދިވެހި ފިރިހެނެއް 34 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

މި މައްސަލާގައި ކްރިމިނަލް ކޯޓުން ހުކުމް އިއްވާފަވަނީ އަހްމަދު ރަޝްވާން އިސްމާއީލު ރަޝީދުގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވާއިރު އޭގެ ތެރެއިން އެއް ދައުވާ އަކީ ކުޑަކުއްޖެއްގެ މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާ އެވެ. މި ދައުވާ އޭނާގެ މައްޗަށް ސާބިތުވިކަން ކަނޑައަޅައި އޭނާ 20 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

މީގެ އިތުރުންވެސް ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ދައުވާ ވެސް އަހްމަދު ރަޝްވާން އިސްމާއީލު ރަޝީދު މައްޗަށް ކޮށްފައިވާއިރު މި ދައުވާ ވެސް އޭނާގެ މައްޗަށް ސާބިތުވުމާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އޭނާ 14 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ.

އެހެންކަމުން އޭނާ އަށް ވަނީ ޖުމްލަ 34 އަހަރުޖެ ޖަލު ހުކުމެއް އިއްވާފަ އެވެ.

މި ދެ މައްސަލަ އަކީ ވެސް ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ މައްސަލައިގެ ރިޕޯޓް ކޯޓުގެ ވެބްސައިޓަށް އަޕްލޯޑްކޮށްފަ އެއް ނުވެ އެވެ.