މަޖީދިއްޔާ ސްކޫލަކީ ދިވެހިރާއްޖޭގެ ނިޒާމީ ތައުލީމުގެ އުނގުކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ މަޖީދިއްޔާ ސްކޫލުގެ 98 ވަނަ ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެކްސް ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މި ޕޯސްޓްގައި ރައީސް މުއިއްޒު ވިދާޅުވީ މަޖީދިއްޔާގެ "ފަހުރުވެރި ހިޔަލުން" މި ގައުމަށް ގެނުވި ކުރިއެރުމާއި، "މަޖީދިއްޔަ ނޫރުން" މި ގައުމަށް ދިން އިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތް ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ މަޖީދިއްޔާއަކީ ދިވެހިރާއްޖޭގެ ނިޒާމީ ތައުލީމުގެ އުނގުކަމަށާއި މި ގައުމުގެ އެންމެ ޝަރަފްވެރި "އިލްމީ ބަގީޗާ" ކަމަށްވާ މަޖީދިއްޔާގެ ހަނދާންތައް ދިވެހި ތާރީހުގަައި ބިންވަޅު ނެގިފައިވަނީ ފަނޑުވުމެއްނެތް ޒިކުރާތަކާ އެކު ކަމަށެވެ.
މިއާއެކު ރައީސް މުއިއްޒު ވަނީ ދިވެހިރާއްޖޭގެ ތައުލީމުގެ އެންމެ ނަންހުރި ބިނާއަށް 98 އަހަރު ފުރޭ މި ތާރީހީ މުނާސަބާގެ ހެޔޮއެދުންތައް ސްކޫލުގެ އެހާރާ މިހާރުގެ ދަރިވަރުންނަށް، ބެލެނިވެރީންނަށް، މުދައްރިސުންނަށް، ހިންގުންތެރީންނަށް، ހިދުމަތްތެރީންނަށް ހިތުގެ ފުންމިނުގެ ލޯތްބާއި ހެޔޮ ދުއާތަކާ އެކު އަރިސް ކުރައްވާކަމަށް ވިދާޅުވެފަ އެވެ.