އެމެރިކާގެ ރައީސް ކަމާ ހަވާލުވެވަޑައިގެން ޑޮނަލްޑް ޓްރަމްޕް ތަންފީޒުކުރައްވަން ފެއްޓެވި އެގައުމަށް ހިޖުރަކުރި "ގޭންގު މެންބަރުންނާއި ކުށްތައް ކުރާ" އެހެން ގައުމުތަކުގެ މީހުން ބޭރު ކުރުމުގެ މަސައްކަތް އެމެރިކާގެ ސުޕްރީމް ކޯޓުން ހުއްޓުވައިފި އެވެ.
އެމެރިކާގެ ސުޕްރީމް ކޯޓުން މިހެން އަމުރުކޮށްފައި ވަނީ ވަރަށް މަދުން ނޫނީ ބޭނުންކުރާ ގާނޫނެއް ކަމަށްވާ ވާޓައިމް ލޯގެ ދަށުން އެ ގައުމުގައި ދިރިއުޅޭ ވެނެޒުއޭލާއަށް ނިސްބަތްވާ ގޭންގް މެންބަރުންތަކެއް ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ޑީޕޯޓް ކުރަން ޓްރަމްޕްގެ ސަރުކާރުން މަސައްކަތް ކުރުމާ ގުޅިގެންނެވެ.
ޓްރަމްޕް އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައިގެން ފަހުން ގޭންގު މެންބަރުން ކަމަށް ބުނެ 200 އަށްވުރެ ގިނަ ވެނެޒުއޭލާއަށް ނިސްބަތްވާ މީހުން ވެނެޒުއޭލާގެ މަޝްހޫރު އެލް ސަލްވަޑޮ ޖަލަށް ފޮނުވާލާފައިވެ އެވެ.
މީގެ ތެރޭގައި ނުގަވާއިދުން ފޮނުވާލެވުނު ކަމަށް ޓްރަމްޕްގެ ސަރުކާރުން އެއްބަސްވި ވެނެޒުއޭލާގެ ރައްޔިތެއް ކަމަށްވާ ކިލްމާ އަބްރެގޯ ގާޝިއާ ވެސް ހިމެނެ އެވެ.
އެހެންނަމަވެސް އިއްޔެ އެގައުމުގެ ކޯޓުން ވަނީ އެ ކޯޓުން ވަކި ގޮތަކަށް އެމެރިކާގެ ސަރުކާރަށް އަންގަންދެން މި ސިޔާސަތު ތަންފީޒުކުރުން މަޑުޖައްސާލުމަށް އަންގާފަ އެވެ.