ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ރީލޯޑްކޮށްގެން 60،000 ރުފިޔާ ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވައިލައިފި އެވެ.
ދިރާގުން ބުނީ މިއީ ހަފްތާއަކު ޖުމްލަ 300 ރުފިޔާއަށް ވުރެ ގިނައިން ރީލޯޑްކުރާ ނުވަތަ ޑޭޓާ އެޑް-އޮން އެކްޓިވޭޓްކުރާ ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުގެ ނަސީބުވެރިއަކަށް 10،000 ރުފިޔާ ލިބިގެންދާނެ ޕްރޮމޯޝަނެއް ކަމަށެވެ.
މިއާއެކު ކަސްޓަމަރުންނަށް 20 ރުފިޔާއިން މަތިން ކުރާ ކޮންމެ ރީލޯޑަކަށް 1 ޓީބީ އާ ހަމައަށް ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެކަން ފާހަގަކޮށް ދިރާގުން ބުނީ މިއީ ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.
މި ޕްރޮމޯޝަން މޭ މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާއިރު، މި ޕްރޮމޯޝަންގައި ދިރާގުއެޕް، ދިރާގުޕޭ، މައިއެކައުންޓް ނުވަތަ ދިރާގުގެ ޕާޓްނާ ފިހާރަތައް މެދުވެރިކޮށް ރީލޯޑްކޮށްގެން ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
އެކި ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަކޮށްގެން، ތަފާތު ޑޭޓާ އެލަވަންސްތަކާއި ވެލިޑިޓީ އިހްތިޔާރުކުރެވޭ ގޮތަށް އެކިއެކި ޕްރިޕެއިޑް ޕްލޭންތައް ދިރާގުން ފޯރުކޮށްދޭއިރު، ދިރާގަކީ އަބަދުވެސް ތަފާތު ގިނަ އައު އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދޭ ކުންފުންޏެއްކަން ފާހަގަކޮށްލަން ޖެހެ އެވެ.