ޒުވާނުންނަކީ އުޅުމެއް ނެތް ދަށުދަރަޖައިގެ ބައެއްކަމަށް ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދެކެވަޑައިގަންނަވާކަން ހާމަވެއްޖެ އެވެ.
ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އައިޝަތު ޒުހުރުބާން ވަނީ އިންސާފަށް އަޑުއުފުލާ ޒުވާނުންނަކީ އެއްވެސް އުޅުމެއް ނެތް ދަށު ދަރަޖައިގެ ބައެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.
މި މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު (21) އަށް އިންސާފު ހޯދައިދިނުމަށް އަޑުއުފުލަމުންދާ ޒުވާނުންނާ ބެހޭގޮތުން ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ސްޓޭޓް މިނިސްޓަރުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ މި ޒުވާނުންގެ ސަބަބުން ރާއްޖޭގެ އިޖުތިމާއީ ފޭރާން ވީދި ހަލާކުވެފައިވާ ކަމަށެވެ. އަދި ތަހުޒީބުވުމަކީ އައުރަ ނިވާނުކޮށް ހިތުހުރިހާ އެއްޗެއް އަނެކުންނާ ދިމާލަށް ކިޔުމާއި އިސްލާމީ މުޖުތަމައުގައި ހުއްދަނޫން ކަންކަން ކުރުން ނޫންކަމަށް ވެސް އެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެ އެވެ.
ސަރުކާރުގެ އިސް މަޤާމެއްގައި ހުންނަވާ ބޭފުޅަކު މިފަދަ ޒިންމާދާރުކަން ކުޑަ ގޮތަކަށް ވާހަކަދެއްކެވުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
ޔުމްނުގެ މައްސަލައިގައި އިންސާފު ހޯދުމަށް މަސައްކަތްކުރާ ޒުވާނުންނަކީ ޤައުމީ ޒިންމާ އުފުލާ، އިޖްތިމާޢީ ހޭލުންތެރިކަން ހުރި ބައެކެވެ. އެހެންނަމަވެސް ސްޓޭޓް މިނިސްޓަރު މިކަން ސިފަކޮށްފައިވަނީ، މި ޒުވާނުންނަކީ އުޅުމެއް ނެތް ދަށު ދަރަޖައިގެ ބައެއް ކަމަށެވެ.
ސްޓޭޓް މިނިސްޓަރުގެ މި ބަސްތަކަކީ ޒުވާނުންގެ ހިތްތަކުގައި ސަރުކާރާ ދެކޮޅަށް ނަފްރަތު އުފެދިގެން ދިއުމަށް މަގުފަހިވާނެ ކަމެކެވެ. ސަރުކާރުގެ އިސް ފަރާތްތަކުން މިފަދަ ބަސްތައް ބޭނުންކުރުމުގެ ބަދަލުގައި، ޔުމްނުގެ މައްސަލަ އަވަހަށް ތަޙްޤީޤުކޮށް، ކުށްވެރިންނަށް ޙައްޤު އަދަބު ދިނުމަށް މަސައްކަތްކުރުން މާ މުހިންމެވެ.
ކޮންމެކަމެއް ހަވާލުމިކޮށްލަނީ އެއަރަކު ވެރިއަކަށް ހުންނަމީހަކާ ނުވަތަމިނިސްޓަރަކާ ނޫނީކޮންމެވެސް އެހެންމީހަކާ ނިކަންތިމާގެ ދަރިފުޅު ރަނގަޅަށްތޯ އުޅެނީ ބެލިއްޔާ މާރަނގަޅާނެކަންނޭންގެ
ރިޕްލައި