ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް ހަމަލާ ދީފި އެވެ.
އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ފިއްޓޭ އަށް ހަމަލާ ދިނީ މީހެއްގެ ޖަނާޒާގައި ބައިވެރިވުމަށް ސަހަރާތެރޭގައި ހުންނަވަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ.
އުމުރުން ދޮށީ މީހަކު އޭނާއަށް ހަމަލާ ދީފައިވަނީ ބުރަކައްޓަށެވެ. ހަމަލާދިނުމަށްފަހު "ފުއްޕާފައި" ނޫޅެވޭނެ ކަމަށް ބުނެ އެ މީހާ އިންޒާރު ދިން ކަމަށްވެސް ފިއްޓޭ ވިދާޅުވެފައިވެ އެވެ.
ނަމަވެސް ހަމަލާ ދިން ފަރާތުގެ މައްސަލަ ފުލުހަށް ހުށަނާޅުއްވާކަމަށް މެންބަރު ވިދާޅުވި އެވެ. ސަބަބަކީ އެއީ އުމުރުން ދުވަސްވީ ފަރާތަކަށްވެފައި އަބަދުވެސް ރުޅިގަދަ މީހެއްކަމަށް މީހުން ބުނާތީކަމަށް އޭނާ ވިދާޅުވި އެވެ.
މެންބަރު ޒިޔާދު (ފިއްޓޭ) އަކީ މަޖިލިސް ޖަލްސާތަކުގައި ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔާ ބޭފުޅެއްކަން ފާހަގަކޮށްލެވެ އެވެ.
ޑިޑީއާ ދެކޮޅަށް އަނެއްކާ ވެސް އާ ދައުވާއެއް!
ފަހި ފުލެޓެއް ކުއްޔަށް ދޫކުރި އެކަކު ޖޫރިމަނާކޮށްފި
61 އަހަރުގައި އާމިރު ތިންވަނަ ކައިވެންޏެއްގެ މިސްރާބަށް!