ހުޅުމާލޭގައި ގެއަކުން ގަހަނާތަކަކާއި އިތުރު އެއްޗެހި ވަގަށް ނެގި ދެ މީހަކު ހޯދަން ފުލުހުން މިއަދު ވީޑިއޯއެއް އާންމުކޮށްފި އެވެ.

ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ ދެ މީހުން ވައްކަންކުރީ ހުޅުމާލެ 2 ގައި ހުންނަ އެމްޕީއެލްގެ ޓަވަރުގެ އެޕާޓްމަންޓަކުން ކަމަށެވެ.

އެ ދެ މީހުންނަކީ ހުޅުމާލެ 2 ގެ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން އަންނަ މި މައްސަލައާ ގުޅިގެން ހޯދަން ބޭނުންވެ، ކާކުކަން ދެނެގަނެވިފައި ނުވާތީ ހޯދިފައި ނުވާ ބައެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން "ހުރިހާ" އަށް ބުނި ގޮތުގައި، އެ ގެއިން ވަގަށް ގެންދިޔައީ ކަރޯކޭ ސިސްޓަމަކާއި ފޯނަކާއި ގަހަނާތަކެކެވެ.

އެ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ، ހުޅުމާލެ 2 ގެ ޕޮލިސްގެ ނަންބަރު 9393351 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މިފަދަ މީހުން ހޯދުމުގައި އާންމުންގެ ފަރާތުން ފުލުހުންނަށް ލިބޭ އެއްބާރުލުން ފާހަގަކޮށް، ޝުކުރު އަދާކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.