ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންގެ ގެއަށް ހުއްދަނެތި ވަތް މީހަކު މުމްބާއީގެ ފުލުހުން ހައްޔަރު ކޮށްފި ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ޖިތެންދުރަ ކުމާރު ނަމަކަށް ކިޔާ އުމުރުން 23 އަހަރުގެ އެމީހާ ސަލްމާންގެ ގެއަށް ވަދެފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ވަގުތެއްގަ އެވެ.
މުމްބާއީގެ ގެލެކްސީ އެޕާޓްމަންޓްސްގައި ހުންނަ ސަލްމާންގެ ގެއަށް އޭނާއަށް ވަދެވުނު ގޮތް ހޯދަން ފުލުހުން މިހާރު ދަނީ ތަހުގީގެއް ކުރަމުންނެވެ.
މިކަމާ ގުޅިގެން އޭނާއާ ސުވާލު ކުރެވެމުން ޖިތެންދުރަ ބުނީ އޭނާ ބޭނުންވީ ސަލްމާން ހަމަލޮލުން ދެކިލައި ބައްދަލު ކޮށްލަން ކަމަށެވެ.
ސަލްމާންގެ ގޭގައި ނުދަންނަ މީހަކު އުޅޭކަން އޭނާގެ ސެކިއުރިޓީއަށް ފާހަގަވެ އެކަން ހުއްޓުވުމުން އެމީހާ ވަނީ ރުޅިގަދަވެ އޭނާގެ ބައެއް ތަކެއްޗަށް އަމިއްލައަށް ގެއްލުން ވެސް ދީފަ އެވެ.
ބިޝްނޯއީ ގޭންގުގެ ފަރާތުން ސަލްމާންއަށް ލިބިފައިވާ އިންޒާރުތަކާއެކު ސަލްމާންގެ ސެކިއުރިޓީގެ ކަންކަމަކީ އޭނާގެ ޓީމުންނާއި ފުލުހުން ވެސް ވަރަށް ގާތުން ބަލާ ކަމެކެވެ.
އިއްޔެގެ އިންތިހާބުން މޮޅުވީ ޕީއެންސީ ކަމަށް އެ ޕާޓީން ބުނެފި
އެމެރިކާގެ އޮފިޝަލުންނަށް އިޒްރޭލުން ޖާސޫސް ކުރާ މައްސަލައެއް
މިފްކޯއިން މަސް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި