ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު ޕޮލިސް ބޯޑުން ނިންމީ ތިން ބޭފުޅުންގެ ވެސް ޝަރުތު ހަމަވާ ކަމަށެވެ.
ފުލުހުންގެ ގާނޫނު ބުނާ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވާތާ 45 ދުވަހުގެ ތެރޭގައި ބޭފުޅަކު އެމަގާމަށް އައްޔަންކުރަން ޖެހެ އެވެ. މި މުއްދަތު މިއަދަށް ހަމަވިޔަސް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާފައެއްނުވެ އެވެ.
ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލައްވާފައި ވަނީ މިހާރު ފުލުހުންގެ އިދާރާ ވަގުތީގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީނާއި، ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އަދި ސައުތު ޕޮލިސް ކޮމާންޑަރު، އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޝަމީމެވެ.
ޕޮލިސް ބޯޑުން ވަނީ އެ ތިން ބޭފުޅުންގެ ނަން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް ހޯމް މިނިސްޓަރު އަލީ އިހްސާނަށް ފޮނުވާފަ އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމް ހުސްވީ އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ އޭޕްރީލް 26 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.