މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށް ދި މީހުން މިއަދު އެނބުރި އަންނަން ފަށައިފި އެވެ.
މިއަދު ހައްޖުވެރިން އަންނަން ފަށާފައިވާއިރު ފުރަތަމަ ފުލައިޓު މާލެ އައިސްފައިވަނީ 14:00 އެހާކައިންހާއިރެވެ.
މިއަހަރު ހައްޖަށް ދިޔަ މީހުން އައުމަށް ހަމަޖެހިފައިވަނީ ހަތަރު ފްލައިޓެއްގަ އެވެ. ހައްޖުވެރިންގެ ދެވަނަ ގުރޫޕު އަންނާނީ މާދަމާ އެވެ.
ޙައްޖުވެރިން އަންނަން ހަމަޖެހިފައިވަނީ ސައުދީއާއި މޯލްޑިވިއަންގެ ދެ ފުލައިޓެއްގަ އެވެ.
ޙައްޖުގެ އަޅުކަމުން އަންނަ މީހުން ޑޮކްޓަރަށް ދައްކަން އައިޖީއެމްއެޗުގައި ފްލޫ ކްލިނިކެއް މިއަދު ވަނީ ހުޅުވާފައެވެ. އަދި، ކުޑަކުދިން ގޮވައިގެން އެއާޕޯޓަށް ނުދާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރަން ދިއުމަށް ލިބުނީ 1،000 ކޯޓާ އެވެ.
އީރާނުން ބަހުރޭނާއި ކުވެއިތުގައި ހުރި މަރުކަޒުތަކަށް ހަމަލާދީފި
ދުވާލަކު 5 ތަށި ކޮފީ: ހިތުގެ ބައްޔާއި ހަކުރު ބަލިން ދުރު ކޮށްދޭ!
ޕޯސްޓު އޮފީހުގެ އާމްދަނީ ދަށްވެ، 36 މިލިއަން ރުފިޔާގެ ގެއްލުން