ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ބޮޑު ކޮވިޑް ކްލަސްޓާ ކަމަށްވާ ޅ. ފެލިވަރު ކްލަސްޓާއިން އިން ޕޮޒިޓިވްވި މީހުންގެ އަދަދު 450 އިން މައްޗަށް އަރައިފި އެވެ.
އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިހާތަނަށް ފެލިވަރުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 459 އަކަށް އަރާފައިވާ ކަމަށެވެ. އެހެންކަމުން، މިއީ މިހާތަނަށް ރާއްޖޭގައި އެއް ކްލަސްޓާއަކުން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ކްލަސްޓާ އެވެ.
ފެލިވަރު ކްލަސްޓަރއާއި ގުޅުން ހުރި ކޭސްތައް އެސަރަހައްދުގެ ގިނަ ރަށްތަކަކުން ފެނިފައިވެ އެވެ. މިގޮތުން، ހދ. ކުޅުދުށްފުށްޓާއި، ޅ.ނައިފަރާއި، ޅ. ހިންނަވަރާއި، ޅ. ކުރެންދުއާއި، ޅ. އޮޅުވެލިފުށްޓާއި، ނ.ހޮޅުދޫ ހިމެނޭހެން ޖުމްލަ ހަތް ރަށަކުން ކޮވިޑްގެ ކޭސްތައް ވަނީ ފެނިފަ އެވެ.
ސަރުކާރުގެ މަސް ބަންދުކުރާ ކާރުހާނާ ހުންނަ ފެލިވަރުން އެންމެ ފުރަތަމަ ޕޮޒިޓިވްވީ އެ އަތޮޅު ނައިފަރު މީހެކެވެ.
ރާއްޖޭގައި މިވަގުތު 3،075 އެކްޓިވް ކޭސް ހުރިއިރު އޭގެތެރެއިން 468 ކޭސްއަކީ އަތޮޅުތެރޭގެ ރަށްތަކުން ފެނިފައިވާ ކޭސްތަކެވެ.
ޑިޑީއާ ދެކޮޅަށް އަނެއްކާ ވެސް އާ ދައުވާއެއް!
61 އަހަރުގައި އާމިރު ތިންވަނަ ކައިވެންޏެއްގެ މިސްރާބަށް!
ފްވައިސްއިން ރަންވީރު ބޮއިކޮޓް ކުރަން ނެރުނު އަމުރު ބާތިލް ކޮށްފި
