މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ސ. މީދޫ، ހަސަންކާރިގެ، އަހުމަދު ނިޔާޒު އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނިންމާފައިވަނީ މިއަދުން ފެށިގެން ނިޔާޒު އެމްޓީޑީސީގެ މެނޭޖިންގް ޑިރެކްޓަރުކަމުގެ މަގާމުންނާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން ވަކިކުރުމަށެވެ.
އެ މަގާމަށް ނިޔާޒު އައްޔަނުކޮށްފައިވަނީ ނޮވެމްބަރު 30، 2023، ގަ އެވެ.
ނިޔާޒު މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުންނާއި ޕީސީބީން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް ބަދަލުތައް ގެންނަމުންނެވެ.
ނިޔާޒަކީ ފިނޭންސް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި މޫސާ ޒަމީރުގެ ޅިޔަނެކެވެ.
މައުލޫމާތު ލީކްކުރާ މުވައްޒަފުން ވަކިކުރާނަން: ޕެންޝަން އޮފީސް
ރަތްކަނޑުގެ ހަމަލާތަކާ ގުޅިގެން އީރާނަށް އަދަބު ދޭނެކަމަށް ބުނެފި
ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިން ޕާޓްނަރަކަށް ބީއެމްއެލް