މިއީ ރިޔާސީ އިންތިހާބުގެ ވާހަކަ ދައްކަންވީ ވަގުތެއް ނޫން ކަމަށާއި މިވަގަތު ކުރަންޖެހޭ ކަމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ އިންތިޚާބާ ގުޅޭ ސުވާލުތައް މިވަގުތު ކުރުމަށް ހެޔޮނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ވަގުތު ތި ސުވާލު ކުރަން ހެޔޮ ނުވާނެ. މި ވަގުތު ކުރަންވީ ކަމަކީ ފުރަތަމަ ގާނޫނު އަސާސީ އުލު ބައިންދާލި، އަންދާލި ވަގުތު ކުރަން ޖެހުނު ފަދަ މަސައްކަތެއް. ބޯޓަށް އެރުވި ނޫންތޯ ގާނޫނު އަސާސީ އަންދާލުމުން ބަޔަކު. އޭރު އެ ބޭފުޅުންނާއި ބައްދަލުކުރަން ވަޑައިގަތީ ހަސަން ފަރީދާއި މުހައްމަދު އަމީން އާއި މި ބޭފުޅުން. އޭރު އެ ބޭފުޅުން ވިދާޅުވި މިއީ ޔުނިޓީގެ ވަގުތޭ. މިއަދު ކުރަންވީ އެކުގައި މަސައްކަތް ކުރެވޭނެ ގޮތް،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ވާހަކަ މަޑުޖައްސާލުމަށްފަހު ކައުންސިލް އިންތިހާބަށް މިވަގުތު މަސައްކަތް ކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.

ދާދިފަހުން ރައީސް ސޯލިހަށް ސަޕޯޓްކުރައްވާ އިސް ބޭފުޅުންތަކަކާ އެކު ބޭއްވި ބައްދަލުވުމެއްގައި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވަނީ ވިދާޅުވެފަ އެވެ.