ރައީސް މުހައްމަދު މުއިއްޒާއި އަނބިކަނބަކުން ސާޖިދާ މުހައްމަދުގެ ނަންފުޅަށް ނިސްބަތްކޮށް މެލޭޝިއާގައި އޯކިޑް ގަހަކަށް ނަންދީފި އެވެ.

ރައީސް އޮފީހުން ބުނީ ނަންދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސްގެ ދެކަނބަލުން ސިންގަޕޫރުގެ ބޮޓެނިކް ގާޑަންސްއަށް ކުރެއްވި ޒިޔާރަތުގައި ކަމަށާއި، މި އާ އޯކިޑް ބެހެއްޓުމަށް ހަމަޖެހިފައި ވަނީ "ވީއައިޕީ އޯކިޑްސް" ކަލެކްޝަންގައި ކަމަށެވެ.

ރައީސްގެ ދެކަނބަލުންގެ ނަމަށް ނިސްބަތްކޮށް ސިންގަޕޫރުގައި އޯކިޑް ގަހަކަށް ނަން ދިނުން. ފޮޓޯ: ރައީސް އޮފީސް

ނޭޝަނަލް އޯކިޑް ގާޑަންގައި ބޭރުގެ ޤައުމުތަކުގެ ޢިއްޒަތްތެރިންގެ ނަންފުޅަށް ނިސްބަތްކޮށް އޯކިޑް ހައިބްރިޑްތަކަށް ނަންދިނުމަކީ އެތަނުގެ ދިގު ތާރީހުގައި ހިނގަމުން އަންނަ ސަގާފަތެއްކަން ފާހަގަކުރަމުން ރައީސް އޮފީހުން ބުނީ ސިންގަޕޫރަށް ދަތުރުފުޅު ކުރައްވާ ގައުމުތަކުގެ ވެރިންނަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެބޭފުޅުންގެ ނަންފުޅަށް ނިސްބަތްކޮށް މިގޮތަށް ނަން ދިނުމަކީ ބައިނަލްއަގުވާމީ ގުޅުން ބަދަހިކުރުމުގެ ރަމްޒެއްގެ ގޮތުގައި ކުރައްވާ ކަމެއް ކަމަށެވެ.

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅު ކުރިއަށްދާނީ ޖޫން މަހުގެ 29 އިން އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ.